ފަލަސްތީނުގެ ނޫސްވެރިންނަށް އެހީތެރިވާން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން، އެމްޖޭއޭއިން ނިންމައިފި އެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ އެކު ޣައްޒާއިން ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު މިހާރު ވަނީ 79 އަކަށް އަރައިފަ އެވެ.

އެހެންވެ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނީ އިސްރާއިލުން ގަސްދުގައި ނޫސްވެރިންނަށް ޓާގެޓްކޮށް އަދި އެ މީހުންގެ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އިސްރާއިލުގެ މި އަމަލުތަކާ ހުރެ އެ ގަުއުމު އިންސާފުގެ ކުރިމައްޗަށް

ގެންނަން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލު އާންމު ވަގުތުން ހުއްޓާލައި ޖެނީވާ ކޮންވެންޝަންގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ގޮވާލާފައި ވެއެވެ. އަދި ފަލަސްތީނުގެ ނޫސްވެރިންނަށް އެހީތެރިކަން ފޯރޮކޮށްދިނުމަށް ފަންޑު ހޯދައިދޭން މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ވެސް އެމްޖޭއޭއިން ބުނެއެވެ.

އިސްރާއިލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

އޭގެ ފަހުން ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާ މުޅިންހެން ފުނޑުފުނޑުވެފައިވާއިރު ޣައްޒާއިން ޝަހީދުކޮށްލި މީހުންހެ އަދަދު މިހާރު ވަނީ 20 ހާހުން މައްޗަށް އަރައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން