ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުންގޯސްވި ނަމަވެސް އެކަމުން އަރައިގަނެ ރާއްޖެއާއި އިންޑިއާގެ ފަތުރުވެރިކަން އިތުރަށް

ކުރިއަށް ދެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ދުޅަހެޔޮ ޓޫރިޒަމަކަށް ގައުމުތަކުގެ ދެމެދުގައާއި ވިޔަފާރިތަކުގެ ދެމެދުގައާއި އަދި ފަރުދުންގެ ގުޅުން ވެސް މުހިންމު ކަމަށެވެ. އަދި އެއިން ކޮންމެ ބަޔަކަށް ލޮޅުމެއް އަޔަސް އޭގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއަކީ ފާއިތުވި ހަތަރު އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށެވެ.

އެހެން ނަމަވެސް އަދިވެސް ބޭނުންވާ އަދަދަށް އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން ނުގެނެވޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރާއްޖެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ޓޫރިޒަމްގެ ތަސައްވުރާއެކު ދެކުނު އޭޝިއާއަށް ފައިދާ ލިބޭއިރު އެއިން ރާއްޖެއަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

ދިވެހި ދައުލަތުގެ އިސް އޮފިޝަލުން އެދެއްކި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވެސް މައުސޫމް ވިދާޅުވި އެެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކޮޅަށް ޖެހުމުގައި އިންޑިއާގެ ސަރުކާރުން ދިން އެއްބާލުމާއި އިންޑިއާގެ ޓްރެވަލް ޓްރޭޑް ޕާޓްނަރާއި އިންޑިއާގެ ފަތުރުވެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ރާއްޖެއިން ސަމާލުކަން ނުދިނުމަކީ ހިތާމަ ހުރިކަމެއް ކަމަށް

އޭނާ ވިދާޅުވި އެވެ.

"މިކަމުން އަރައިގަނެ އިންޑިއާ އަދި ރާއްޖެއިން ފަތުރުވެރިކަމުގައި ކުރިއަށް ދެވޭނެ ކަމަށް އުއްމީދުކުރަން." މައުސޫމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން