އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާގެ ދާއިރާއަށް ނުކުންނެވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަމްރު މިއަދު ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

އަމްރު ވިދާޅުވީ ގަލޮޅު އުތުރަކީ ގޭދޮށު ދާއިރާއަށް ވުމުން އެ ދާއިރާ އަށް ނިކުންނަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެސްޓްސްއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ވަރަށް ގިނަ މީހުން އެބަ އެދޭ ނުކުންނަން،" އަމްރު ވިދާޅުވިއެވެ.



އިވާ މިހާރު ތަމްސީލު ކުރަށްވާ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވުމަށް އަމްރު ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާއިރު އީވާ އާއި އަމްރަކީވެސް ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެބޭފުޅުންނެވެ. އީވާ އެ ގޮނޑި ފުރުއްވާ މިއީ ތިންވަނަ ދައުރެވެ.

ދާދިފަހުން ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށްވެސް އަމްރު ވާދަ ކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އެޕާޓީގެ ފައުންޑަރ ޙަސަން ލަތީފެވެ.

ޑިމޮކްރެޓުން ވަނީ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ. އަދި އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ 17 ފެބްރުއަރީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން