ރާއްޖެއާއި އިންޑިއާއާއި ދެމެދު މިހާރު އުފެދިގެންއުޅޭ ނުތަނަވަސްކަމާއި ގުޅިގެން އިންޑިއާއިން ރާއްޖެ އަންނަން އުޅޭ ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ކެންސަލް ކުރަމުންދާ
ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އިންޑިއާގެ މީޑިއަތަކުން ބުނެފި އެވެ.
އިންޑިއާގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ގުޅުން ގޯސްވި ފަހުން އިންޑިއާގެ 8000 ބުކިން ވަނީ ކެންސަލްކޮށްފަ އެވެ.
އިންޑިއާގެ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަ އެ ގައުމުގެ ބަޖެޓު އެއާލައިންއެއް ކަމަށްވާ "އިންޑިގޯ" އާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ވިއޯން ނިއުސް" އިން ބުނީ އެފަދަ އެއްވެސް ޓްރެންޑެއް ނެތް ކަމަށެވެ.
"ޓިކެޓްތައް ކެންސަލް ކުރުމުގެ ކަމެއް ނެތް." އިންޑިގޯއިން އިން ބުންޏެވެ.
ރާއްޖެއަށް ދަތުރުކުރާ އިންޑިގޯގެ ފްލައިޓްތަކަށް ބޮޑު ޑިމާންޑެއް އޮންނައިރު އެ އެއާލައިން މިދިޔަ އޮކްޓޫބަރު މަހު ވަނީ އެ ގައުމުގެ ހައިދަރުއާބާދާއި މާލެއާ ދެމެދުވެސް ދަތުރުތައް ފަށައިފަ އެވެ.
ރާއްޖެ އަންނަ އިންޑިއާގެ އެހެން އެއާލައިންއެއް ކަަމަށްޥާ ވިސްތާރާއިން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ފެންމަތިވީ ދިވެހި ސަރުކާރުގެ އިސް ބަޔަކު އިންޑިއާއާއި ދެކޮޅަށް މީސް މީޑިއާގައި ބަދު ބަސްތައް ބޭނުންކޮށް ފާޑުކިޔައިގެން ކަމަށް ބުނި ނަމަވެސް މި މައްސަލަތައް ފެށިފައިވަނީ އިންޑިޔާ ގަޔާނުވާ ސަރުކާރެއް ރާއްޖޭގައި އުފެދުނު ހިސާބުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު