އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   10 ޖެނުއަރީ 2024 - 2:13
އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑް ބޯޑުގެ ޗެއާމަނަކަށް މުހައްމަދް މިހާދް މިއަދު އައްޔަނު ކޮއްފި އެވެ.

އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ފެށުމުގެ ކުރިންވެސް މިހާދް ވަނީ ސަރުކާރުގެ މަތީ މަގާުމުތަކެއް އަދާކުރައްވާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް ބޯޑުގައިވެސް މީގެކުރިން މަސައްކަތްކުރައްވާފައި ވެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަނުގައިވެސް މިހާދުވަނީ 2008 އިން ފެށިގެން 2012 ވަނަ އަހަރާހަމައަށް މަސައްކަތް ކުރައްވާފަ އެވެ. ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި ފިނޭންސް މިނިސްޓްރީގައި ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް މިހާދުވަނީ އަދާ ކުރައްވާފަ އެވެ.

މުހައްމަދު މިހާދު އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދް ސޯލިހުގެ ދައުރުގަ އެވެ. 2021 ވަނަ އަހަރު ޖެނުއަރީ މަހު މިހާދު ވަނީ އައިލެންޑް އޭވިއޭޝަން އަދި އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އައިލެންޑް އޭވިއޭޝަންގައި މިހާރު މެނޭޖިންގް ޑިރެކްޓަރުގެ މަގާމު އަދާ ކުރަނީ އިބްރާހިމް އިޔާސް އެވެ. އަދި ނޮން-އެކްޒެކެޓިވް ގެ މަގާމުގައި ތިއްބެވީ އަބްދުﷲ ސައީދާއި، މުހައްމަދް ސައީދް އަދި އަހްމަދް އަބޫބަކުރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން