ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ފޮޓޯތަކާ ވީޑިއޯތައް މީސް މީޑިއާއަށް އޮއްސާލައި، ފުރާލައި ދިވެހީން ގައުމަށް އޮތް ލޯބި ދައްކާލައިފި އެވެ.
ދިވެހީން ސޯޝަލް މީޑިއާގައި ރާއްޖެ ދުވަހަކަުވެސް ޕްރޮމޯޓް ނުކުރާ ވަރަށް ރާއްޖޭގެ ރިީތި ކަން ޕްރޮމޯޓްކުރަން މި ފެށީ އިންޑިއާއިން އެގައުމުގެ ލަކްޝަދީބްގެ ރަށްތައް ޕްރޮމޯޓްކުރުން މެކުހަށް ޖަހައި ރާއްޖެ ބޮއިކަޓް ކުރުމަށް ކުރަމުންދާ ވަރުގަދަ ކެމްޕޭން ފެށިފަހުން ނެވެ.
އިންޑިއާއިން އެ ކެމްޕޭން ފެށީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބްއަށް ކުރެއްވި ޒިޔާރަތަށް ފަހު އެ ސަރަހައްދަށް އިންޑިއާގެ ފަތުރުވެރިން ދިއުމަށް ގޮވާލެއްވުމާއެކު އެވެ. އަދި މިއީ ރާއްޖެ ބޮއިކަޓް ކުރުމަށް ދިން ނުސީދާ މެސެޖެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުން ނެވެ.
މޯދީގެ ޓުވީޓާއެކު އިންޑިއާ މީހުން ލަކްޝަދީބް ގޫގަލްގައި ސާޗުކުރާ މިންވަރު ވަނީ އެތައް ގުނައަކަށް އިތުރުވެފަ އެވެ. އަދި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާގެ ބޮޑުވަޒީރާއި އެ ގައުމަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ ރާއްޖެ ބޮއިކަޓް ކުރަން ގޮވާލާ ގޮވާލުންތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އެއާއެކު ދިވެހީން ވެސް ވަނީ ރައްދުގައި ރާއްޖެއަށް އޮތް ލޯބި ރަނގަޅަށް ދައްކާލައި ސޯޝަލް މީޑިއާގައި ރާއްޖޭގެ ރީތި ރިސޯޓްތަކުގެ މަންޒަރުތަކުން ފުރާލައިފަ އެވެ.
ފޭސްބުކް ނުވަތަ އެކްސް (ކުރީގެ ޓުވިޓާ) ގެ ނިއުސް ފީޑްގައި ވެސް މުޅިން މިހާރު ފެންނަނީ ދިވެހީން ކޮށްފައި ހުންނަ އެފަދަ ޕޯސްޓުތަކެވެ. ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ވިޑިއޯތަކާ ރާއްޖޭގެ ރީތި ފޮޓޯތަކެވެ.
މިކެމްޕޭންގައި އެކި ފަންތީގެ ދިވެހިން ބައިވެރިވަމުން ގެންދާއިރު އޭގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު