ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ރައީސް ޝީ ޖިންޕިންގް އާއި ޗައިނާގެ ފަސްޓް ލޭޑީ މެޑަމް ޕެންގް ލިޔުއާން، ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައިސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމް އަރުވާފައިވާކަމަށާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ގައުމުގެ ގައުމީ ސަލާން ކުޅެފައިވާ ކަމަށެވެ. އެއަށްފަހު ޑރ މުއިއްޒު، ރައީސް ޝީ ޖިންޕިންގ އާއި އެކު ގާޑް އޮފް އޮނަރެއްގައި ބައިވެރިވިވެ ވަޑައިގެންނެވި ކަމަށްވެސް ބުނެފައިވެ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޗައިނާގެ ރައީސް ވަނީ ޗައިނާގެ އިއްޒަތްތެރިނާއި އެ ގައުމު ސަރުކާރުގެ އިސްވެރިންނާ ރައީސް މުޢިއްޒަށް ތައާރަފްކޮށް އަރުވާފައެވެ. އަދި ރައީސް މުޢިއްޒުގެ އަރިހުގައި ވަޑައިގެންނެވި ދިވެހިރާއްޖޭގެ އިއްޒަތްތެރިން ރައީސް ޝީ ޖިންޕިންއަށް ތަޢާރަފްކޮށް އަރުވާފައި ވެއެވެ.

ރައީސް ޑރ މުއިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމަނާ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާތަކާއި ދެގައުމުގެ އެއްބާރުލުން އިތުރުކުރުމާއި ދެގައުމުގެ އެއްބާރުލުން ހަރުދަނާކުރުމަށް މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޗައިނާގެ ވެރިރަށް ބެއިޖިންގަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަޑައިގެންނެވުނީ އިއްޔެގެ ވަގުތެއްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން