ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ވ). ބާރަށު ދާއިރާގެ ކުރީގެ މެންބަރު ސުޖާ (ކ).
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ވ). ބާރަށު ދާއިރާގެ ކުރީގެ މެންބަރު ސުޖާ (ކ).
ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ބާއްވަން ދާންވީ ޖަލަށްތޯ ސުވާލު ކުރަށްވައި، ފޭދޫ ދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު ނިހާދު ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ސުޖާއަށް ބަހުގެ ހޫނު ޙަމަލާއެއް ދެއްވައިފިއެވެ.

ސިޔާސީ ލީޑަރުންގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ގޮވާލެއްވި ގޮވާލެއްވުމާއި މެދު ސުވާލު އުފެދޭކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލިއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ ސުވާލު ކުރަށްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވަނީ، ސަރުކާރުން މަޝްވަރާ ބާއްވަންވީ ޖަލުގައިތޯ ސުވާލު އުފައްދަވާފައެވެ.

"އެހެން ކަމުގައި ވާނަމަ އެންމެން ހަމަވަންދެން ކެތްކޮށްލުން ރަނގަޅުވާނެ." އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.

މިނިވަން ދުވަހާއި ގުޅޭގޮތުން ދެއްވި ހިޠާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސިޔާސީ ފަރާތްތަކުގެ މަޝްވަރާއަށް ގޮވާލާފައެވެ. އެގޮތުން ރައީސް ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައި ވަނީ އެންމެންގެ ބައިވެރިވުމާއެކީ ކަންކަން ކުރުމުގެ މައްޗަށް ކަމަށާއި އެހެންކަމުން، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ލީޑަރުންނަށް ވަނީ ގޮވާލައްވާފައެވެ.

މީގެ ކުރިން އިދިކޮޅުން ބުނެފައިވަނީ ސިޔާސީ ކަންކަމުގައި ސަރުކާރާއި އެކު މަޝްވަރާ ކުރާނީ، މަނީލޯންޑްރިންގެ ކުށް ސާބިތުގެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


15

ސަޢީދު

28-Jul-2020

ﷲަ ޝިރުކު ކުރި ވަގު މުނާފިގުޔާމީނުވެސް ބުނިގޮތައް އެބުނީ ރައީސް ސާލިހުވެސް މަޝްވަރާ ޔައް


9

އައިސަތު

28-Jul-2020

މިސުޖާއެއުޅެނީ ކެވުނުވަރުމަދުވެގެން އަދިވެސް ލަދު ކޮބާ؟


-1

ފިލްމް ސްޓާރ

28-Jul-2020

މަނީ ލޯންޑްރިން ކުށް ސާބިތުވެގެން ނޫންކަން އަޙުމަދު ޔާމީނަށް ވެސް ރަނގަޅަށް އެނގޭނެ. އެއްވެސް އަސާސެއް ނެތް ކަމެއްގައި ހަމައެކަނި އިންޑިއާ ރުއްސަން މުޅި ޢާއިލާއެއް ފުނޑުފުޑުކޮށްލަން ނުހައްގުން އިންސާނަކަށް ނުހައްޣު އަދަބު އެދެނީ. ރައީސް ޔާމީނު އެކައުންޓަށް ވަންނިއްޔާ ވަން ފައިސަޢެއް ހުރީ އިބޫގެ އަތްފޯރާ ހިސާބުގައި. ރޔ އެ ފައިސާ ބޭނުމެއް ނުކުރައްވާ! އެ ފައިސާ ބޭނުންކުރި މީހުންނަށް ދައުވާ ނުކޮށް ޔާމީން ޖަލަށްލީ ކުށްސާބިތުވެގެންނޭ ތިޔަ ލިޔަނީ ތިޔަ ނޫސް ވެސް އަންނިއާއި އިބޫއަށް ވިކިފައިވާތީ. ޚުދުމުޚުތާރު ވެރިކަމުގެ ހުރިހާ ސިފައެއް މި ބަލާވެރިކަމުން އެބަ ފެނޭ. ނޫސްތަކުގެ އަނގަބަންދުކޮށްފަ. އޭސީސީ ސައިޒުކޮށްފަ. ސިއެސްސީ ސައިޒްކޮށްފަ. ސުޕްރީމްކޯޓް ޖޭއެސްސީ ޕްރައިވެޓް ލިމިޓެޑްގެ ދަށުގައި ފިތި ތާށިވެފައި.



ޓްރެންޑިން