ޗައިނާގެ ޓިއަނަމަން ސްކޮޔާގައި ބިނާކޮށްފައިވާ ހަނދާނީ ބިނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެމަފިރިކަނބަލުން ޒިޔާރަތްކުރައްވައި އިހުތިރާމް އަދާ ކުރައްވައިފި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ މިނިވަންކަމަށް މަސައްކަތްކޮށް މަރުވެދިޔަ މީހުންގެ ހަނދާންތައް އާކުރުމަށް އެ މީހުންގެ ހަނދާނުގައި މާބޮނޑިވެސް އެ ތަނުގައި ބަހައްޓަވައިފަ އެވެ.

ޓިއަނަމަން ސްކުއާގައި ހުންނަ ބިނާއަކީ ޗައިނާގެ މިނިވަންކަމަށް މަސައްކަތް ކުރައްވައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ހަދާފައިވާ ބިނާ އެކެވެ،

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ.

އެމަނިކުފާނު އިއްޔެ ވަނީ ވެރިރަށް ބެއިޖިންއަށް ވަޑައިގެން ޗައިނާގެ ލީޑަރު ޝީ ޖިން ޕިންއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވަވަވައިފަ އެވެ. އަދި އިއްޔެ ވަނީ ޗައިނާއާއެކު ރާއްޖެއިން 20 އެމްއޯޔޫއެއްގައި ސޮއި ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްއާއި ކާބަން މަދުކުރުމާ ބެހޭ އިކޮނޮމިކް ކޯޕަރޭޝަން އެމްއޯޔޫ އެއްވެސް ހިމެނެ އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން