ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރު
އިސްލާމިކް ބޭންކަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރު މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މިމަހުގެ ދެވަނަ ދުވަހު އާޒިމާގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ މި ޙުކުމް އިސްތިއުނާފް ކުރުމަށް އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށައެޅުއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

އާޒިމާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ ގުޅިގެން އެކަމަނާ ވިދާޅުވީ، އިސްލާމިކް ބޭންކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ގަވާއިދުން ފައިސާ ނުދައްކައިގެން، ލޯނުއެކުގައި ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް، އެކަމަނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި އެފަދަ މަދަނީ ހުކުމެއް ކޮށްފައިވާކަން އެނގިވަޑައިގެންނެވީ މީޑިއާގެ ޒަރީޔާއިން ކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

އާޒިމާ ވިދާޅުވީ އެމްއައިބީގެ އެ ފެސިލިޓީއަކީ ހުޅުމާލޭގައި އެކަމަނާ ދިރިއުޅޭ ފްލެޓް ގަތުމަށް 2016 ވަނަ އަހަރު ނަންގަވާފައިވާ ލޯނެއް ކަމަށެވެ. އަދި އެކަމަނާއަށް އާމްދަނީއެއް ލިބެމުންދިޔަ ދުވަހު މި ފެސިލިޓީއަށް ގަވާއިދުން ފައިސާ ދައްކަވަމުން ގެންދަވާފައިވާ ކަމަށްވެސް އާޒިމާ ވިދާޅުުވެފައި ވެއެވެ.

އޭގެއިތުރުން މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގެ ކެމްޕެއިނާއި ދިމާކޮށް މިފަދަ ޙުކުމެއް ކުރިނަމަވެސް، ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްވެސް މިންވަރެއްގެ މަޑުޖެހުމެއް ނާންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ސިޔާސީ މަސައްކަތާއިގެން އިތުރަށް ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް އާޒިމާ ވަނީ ދެއްވާފައެވެ.

އާޒިމާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް މިހާތަނަށް ދައްކަންޖެހޭ 4،030،856 ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ ދެއްކުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން