އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް
އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް
ސަރުކާރުގެ އަމާޒަކީ ހުއްޓިފައިވާ ހުރިހާ މަޝްރޫޢެއް އަލުން ފެށުން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބް މިމޭރުމުން ވިދާޅުވީ މިސަރުކާރުން ރައީސް ޞާލިޙްގެ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހުއްޓާލަމުން ގެންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ ވިދާޅުވާ ގުޅިގެނެވެ.

މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު އެމް.ޓީ.ސީ.ސީ އަދި އާރު.ޑީ.ސީއާ ޙަވާލުކޮށް މަސައްކަތް ފަށާފައިވާ 64 މަޝްރޫޢެއް ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން 32 މަޝްރޫއެއްގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މީގެ އިތުރުން މި ދެކުންފުންޏާއެކު ސޮއި ކުރެވި މަސައްކަތް ފެށިފައިނުވާ 83 މަޝްރޫޢެއް އެބައޮތެވެ. ހަަމައެހެންމެ ފެނަކަ، އެމް.ޑަބްލިއު.އެސް.ސީ އަދި އަމިއްލަ ކުންފުނިތަކާ ޙަވާލުކުރެވިފައިވާ ވަރަށް ގިނަ މަޝްރޫއެއްވެސް ހުރީ ނުފެށި ނުވަތަ މަސައްކަތް ހުއްޓިފައެވެ.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުއްޓިފައިވާ ހުރިހާ މަޝްރޫއެއް ވީހާވެސް އަވަހަކަށް ފެށުން ކަމަށެވެ.

މިސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ކުރީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ 46 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށާއި ނަމަވެސް އޭގެ ތެެރެއިން 14 މަޝްރޫއެއް މިހާރުފަށާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އާރުޑީސީއާ ހަވާލުކޮށްފައިވާ 18 މަޝްރޫއެއް ވެސް އޮތީ ހުއްޓިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން