މާލެއަށް އިއްޔެ ކުރި ވިއްސާރާގައި ގެއްލުންލިބުނު މީހުންނަށް އެހީތެރިވީ ފަރާތްތަކަށް ނައިބުރައީސް ޙުސައިން މުޙައްމަދު ލަތީފް ޝުކުރު އަދާކުރަށްވައިފިއެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އެކަމާ ގުޅިގެން ނައިބުރައީސް ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް މަސައްކަތް ކަމަށެވެ.
އެގޮތުން ވިއްސާރައިގާ ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ އިދާރާތަކާއި އާންމުން ކުރި މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ނައިބުރައީސް ވަނީ ޝުކުރު އަދާ ކުރަށްވާފައެވެ.
އިއްޔެ ހެނދުނުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި 27449 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފަ އެވެ. މި މަސައްކަތުގައި 23 ޕަންޕު ބޭނުންކުރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން މި މަސައްކަތް ހުއްޓާލައި މާލެ އާންމު ހާލަތަށް ގެނެސްފައިވަނީ ފަތިހު އެވެ.
މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އަދި އަށް ގެއަކުން 57 މީހަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު