މާލެއަށް ކުރި ވިއްސާރާގައި ގޭގެއަށް ފެންވަނުން ހުއްޓުވުމަށް ސްޓެލްކޯގެ މުވައްޒަފުން ޙަރަކާތްތެރިވަނީ
މާލެއަށް ކުރި ވިއްސާރާގައި ގޭގެއަށް ފެންވަނުން ހުއްޓުވުމަށް ސްޓެލްކޯގެ މުވައްޒަފުން ޙަރަކާތްތެރިވަނީ
ސްޓެލްކޯއަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަކީ އަމާޒެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިމޭރުމުން ވިދާޅުވީ އިއްޔެ މާލެއަށްކުރި ވިއްސާރާގައި މިސްކިތްތަކާއި، ގެތަކުގެ އިތުރުން ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރަށްވައި ފޮނުއްވި މެެސެޖެއްގައެވެ.

އެގޮތުން ސްޓެލްކޯގެ އަމާޒަކީ ހުރިހާ ޙާލަތެއްގައިވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

“މުވައްޒަފުންގެ ތިޔަ އިޚުލާސްތެރި މަސައްކަތްތަކަކީ، ސްޓެލްކޯއަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކަށް އިތުރުކުރެވޭ ބޮޅެއް.” ފަހުމީ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފަހުމީ ވަނީ އެކުންފުނީގެ މުވައްޒަފުން ރެއާއި ދުވާލު ރައްޔިތުންގެ ޚިދުމަތުގައި ތިބެމެ، ރައްޔިތުންނަށް ދިމާވާ ޤައުމީ ކަންކަމުގައި ދައްކަވަމުން ގެންދަވާ ނަމޫނާއަށް ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ.

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އަދި އަށް ގެއަކުން 57 މީހަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް އެމްއެންޑީއެފާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރި މަސައްކަތް ހުއްޓާލައި މާލެ އާންމު ހާލަތަށް ގެނެސްފައިވަނީ މިއަދު ފަތިހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން