އިއްޔެ މާލެއަށް 159 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ވެރިރަށް މާލެއަށް ކަމަށާއި އެއީ 159.3 މިލިމީޓަރުގެ ވާރޭ ކަމަށެވެ.

މާލޭގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުމާލެ އާއި ހުޅުލެއަށެވެ. ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް ވެހިފައިވަނީ 105.4 މިލިމީޓަރުގެ ވާރޭއެވެ.

އިއްޔެގެ ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަަބަބުން މާލޭގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ، މުދަލަށް ވެސް ވަނީ ގެއްލުންވެފައެވެ.

އިއްޔެ ހެނދުނުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި 27449 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފަ އެވެ. މި މަސައްކަތުގައި 23 ޕަންޕު ބޭނުންކުރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން މި މަސައްކަތް ހުއްޓާލައި މާލެ އާންމު ހާލަތަށް ގެނެސްފައިވަނީ ފަތިހު އެވެ.

މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އަދި އަށް ގެއަކުން 57 މީހަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައިވާ ކަމަށާއި ފެންވަނުން ކުޑަކުރުމަށް 91 ގެއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން