ރާއްޖޭގައި ހެއްދޭ ހުރިހާ ބާވަތެއް އުތުރު ތިލަފަޅުގައި ހައްދަން ސަރުކާރުން މަޝްވަރާތައްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެންމެ މުހިންމު އެއް

ދާއިރާއަކ،ީ އެގްރިކަލްޗަރގެ ދާއިރާ ކަމަށްވާތ،ީ އެ ދާއިރާއިން ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި އަދި އެގްރިކަލްޗަރ އިންޑަސްޓްރީ ފުޅާކޮށ،ް ތަރައްޤީ ކުރުމާ ގުޅޭގޮތުން ޗައިނާއާއެކު އެއްބަސްވުންތަކެއް ހެދި ކަމަށެވެ.

ހަމަ އެހެންމެ އުތުރު ތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށ،ްވާވަރަށް ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭވަރުގެ އެގްރިކަލްޗަރ އެސްޓެބްލިޝްމަންޓެއް ގާއިމު ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން އެތަނުގައި ދެ ލައްކަ ރައްޔިތުންނަށް ބޭނުންވާ ވަރަށް ތަކެތި އުފެއްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީޅެއް ރައީސް ނުދެއްވަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ސިފައިންގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަމުންދާ އިރު އެ ތަނުން ގޯތި ދިނުމަށް ވެސް ނިމިގެން ދިޔަ ސަރުކާރުގައި އޮތީ ނިންމައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ވެރިކަމުގައި އުތުރު ތިލަފަޅުގައި ބަގީޗާތަކުގެ ހާރެއް އަތުރާލާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހޭލާ

16-Jan-2024

އުތުރު ތިލަފަޅު އެކަންޏެއް ނޫން އެތަކެއް ފަޅުރައްތަކެއް ރާއްޖޭގަ ހުހަށް މީދާ ކާން ދޫކޮށްޖަންގަލީ ކޮށްފަ ވާއިރު އެރަށްތައް އާލާކޮށް ހެޔޮގޮތުގަ ބެލެހެއްޓުމަށް އަދި ދިވެހީންނަށް މަންފާ ހޯދޭގޮތަށް ގެންގުޅޭނެ އުސޫލުތަކެއް ސަރުކާރުން ކަނޑަޅާ ދިވެހި ބަޔަކަށް ހަވާލުކޮށް ލުމުން މުޅިމުޖުތަމައަށް އެކަމުން ހެޔޮ ލާބައާ މަންފާ ކުރާނެކަމާ މެދަކުޝައްކެއްނެތް.



ޓްރެންޑިން