އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ ރަސްމީ މަޝްވަރާތައް މިއަދު ފަށައިފި އެވެ.

ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ފަށާފައިވާއިރު، ދުބާއީގައި ކުރިއަށްދިޔަ ކޮޕް-28 ގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ 80 ސިފައިން ރާއްޖޭގައި އެބަތިބިކަމަށް ސަރުކާރުން ބުނެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރާއި، ރައީސް މުޢިއްޒު ބޭއްވެވި މަޝްވަރާތަކުގައި އިއުލާނުކުރެއްވި 'ކޯ ގްރޫޕު'ގެ ފުރަތަމަ ބައްދަލުވުމަށް އިންޑިއާގެ އިސް އޮފިޝަލުން ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ. އިންޑިއާ ވަފްދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ބައިލެޓަރަލް މަޝްވަރާތަކެއް ފަށާފައިވާއިރު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ ރާއްޖެ އަކީ އެއްވެސް ގައުމެއްގެ ބެކްޔާޑެއް ނޫން ކަމަށާއި، އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި ކުޑަޤައުމަކަށްވީތީ ރާއްޖެއަށް ބުލީ ކުރުމުގެ ޙައްޤު އެއްވެސް ޤައުމަކަށް ލިބިގެންނުވާކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރާއްޖޭން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެކެެވެެ. އިންޑިއާ ސަރުކާރާއި ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު އިންޑިޔާ ސިފައިންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން