އައްޑޫ ސިޓީގެ ހުޅުދޫ އަވަށުން ދޭން ނިންމާފައިވާ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކެޓަގަރީ އޭ އަދި ބީގައި ހިމެނޭ ފަރާތްތަކަށް ޕޮއިންޓް ދީފައޖވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު އާންމު ކުރި މި ލިސްޓުތައް ސަރުކާރުގެ ގެޒެޓުންނާއި އެކައުންސިލްގެ ވެބްސައިޓުން ފެންނާނެކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި އިމާރާތްކޮށްފައިވަނީ 48 ފްލެޓެވެ. އޭގެ ތެރެއިން ކެޓަގަރީ އޭގައި ހިމެނިފައިވަނީ ހަ ފްލެޓް ކަމަށާއި މިފްލެޓްތަކަށް އެދި ހުށަހަޅާފައިވަނީ 36 ފަރާތަކުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ކެޓަގަރީ ބީގައި ހިމެނޭ ދެ ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވަނީ ދިހަ މީހުންކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
މީގެއިތުރުން ޕޮއިންޓް ލިބިފައިވާގޮތާމެދު އެއްވެސްފަރާތެއްގެ ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުޅުދޫ އަވަށުއޮފީހާ ހަވާލުކުރުމަށްވެސް ކައުންސިލުން އަނގާފައިވެ އެވެ. އަދި މިފޯމު، މިހަފްތާ ބުރާސްފަތި ދުވެހު މެންދުރުފަހު ދޭއްގެ ކުރިން އަވަށުއޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެސް ބުނެފައިވެ އެވެ.
ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓާއެކު ޝަކުވާ ފޯމުވެސް އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބޭނެ ކަމަށް އެއިދާރާއިން ބުނެފައިވެ އެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ވަގުތީ ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު