ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ (ވ). އެމްޑީޕީގެ ރައީސް ނަޝީދާއި އެކު
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ (ވ). އެމްޑީޕީގެ ރައީސް ނަޝީދާއި އެކު
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާއަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާޓް އެޓޭކެއް ޖެހި ހާލު ދެރަވެގެން މުސްތަފާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މުސްތަފާ އެޑްމިޓް ކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ.

ރޭ މުސްތަފާގެ ސާޖަރީއެއް ކުރުމަށްފަހު މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މުސްތަފާ އަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ޕީޕީއެމުން ވަކިވެގެން ކަމަށް ބުނެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފަ އެވެ.

މުސްތަފާއަކީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން