ރައީސް މުޢިއްޒު ކާގޯ ޓަރމިނަލް ބައްލަވާލައްވަނީ
ރައީސް މުޢިއްޒު ކާގޯ ޓަރމިނަލް ބައްލަވާލައްވަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްއަކީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އައު ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލް އިން މަޢުލޫމާތުދެއެވެ.

އާ ކާގޯ ޓާމިނަލްއާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން ތަރައްޤީކުރި އައު ރަންވޭ މިހާރުވެސް ބޭނުންކުރަމުން ދާއިރު އެ މަޝަރޫޢުގެ ދަށުން ތަރައްޤީކުރާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރުވަނީ ނިމުމަކާ ކައިރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން