މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލާފައި ވަނީ 17،008 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން މިއަދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާނުކޮށްފައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި ވޯޓުލާފައި ވަނީ 17،008 މީހުނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 54،680 މީހުންގެ 31.84 އިންސައްތައެވެ. މި އިންތިޚާބުގައި ލާފައިވާ ބާތިލު ވޯޓުގެ އަދަދަކީ 402 ކަމަށް އީސީން ހާމަކޮށްފައިވެއެވެ.

އީސީން މިއަދު ވަނީ މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބުވެފައިވާކަން ވެސް އިއުލާން ކޮށްފައެވެ.

މި އިންތިޚާބުގައި އާދަމް އާޒިމަށް 7،721 ވޯޓު ލިބިފައިވާއިރު އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި އާޒިމާ ޝަކޫރަށް ލިބިފައިވަނީ 5،031 ވޯޓެވެ.

ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި- އިލެކްޝަންގައި ސިޓީ ކައުންސިލްގެ ތިން ދާއިރާގެ ތެރެއިން ދެ ދާއިރާ ކާމިޔާބު ކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ. މޭޔަރުގެ ގޮނޑިއާއެކު އެންޑީޕީންވެސް ދެ ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން