ވިސާއާ ނުލައި ދިވެހިންނަށް މޮންގޯލިއާއަށް ދަތުރުކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ބުނެފައިވަނީ، މޮންގޯލިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލާ 12 ޖެނުއަރީ 2024 އިން ފެށިގެން ދަތުރު ކުރެވޭނެ ކަަމަށެވެ.

އެގޮތުން ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް މޮންގޯލިއާއަށް އެތެރެވެ ވިސާއާ ނުލައި އެޤައުމުގައި ތިބެވޭނީ އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން ތިރީސް ދުވަހުގެ މުއްދަތަކަށް ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް ދިގު މުއްދަތަކަށް މޮންގޯލިއާގައި މަޑުކުރަން ނުވަތަ ވަޒީފާ އަދާކުރުމާއި ތައުލީމް ހާސިލްކުރުމަށް ދާން ނުވަތަ މޮންގޯލިއާގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިން ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން ޖެހޭނެއެވެ.

ރާއްޖެއާ މޮންގޯލިއާ އާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 17ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން