ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ އިތުރު 10 ފަރާތަކުން ކަށަވަރުކޮށްފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން އެކަމަށް ހުށައެޅުއްވި ފަރާތްތަކުގެ ތެރެއިން އިތުރު 10 ފަރާތަކަށް ޕްރައިމަރީއާއި ނުލާ ޓިކެޓް ކަށަވަރު ވެފައިވާ ކަމަށެވެ.

ޕްރައިމަރީއާ ނުލައި ޓިކެޓް ކަށަވަރުކުރި ފަރާތްތަކުގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އެމްޑީޕީ 3 މެންބަރުން ހިމެނެ އެވެ.

ޕްރައިމަރީއާ ނުލާ އެމްޑީޕީގެ ޓިކެޓް އިތުރު 10 ފަރާތަކަށް ދީފައިވާއިރު، މީގެ ކުރިންވެސް 34 ފަރާތަކުން ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް ވަނީ ކަށަވަރުކޮށްފައެވެ. އެހެންކަމުން އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި 44 ދާއިރާއެއްގެ ޕްރައިމަރީ ނޯންނާނެއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްވާ ހޮނިހިރު ދުވަހު ކަމަށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން