އިންޑިޔާއަށް ބަރޯސާ ނުވާށޭބުނެ ޗައިނާއަށް ބަރޯސާވުމަކީ ގައުމިއްޔަތު ނޫންކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެ ކުޑަވުމަކީ ރާއްޖެއަށް ބުލީކުރަން އެހެން ޤައުމުތަކަށް ލިބޭ ލައިސެންސެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ ރާއްޖެއަކީ ރީތި އަދި ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް ކަމަށެވެ. ނަމަވެސް ރާއްޖެ ރީތިވެފައި މަޝްހޫރުވުމަކީ އަވަށްޓެރި ގައުމުތަކާ ވެރީންގެ ގަދަރު ކުޑަކުރުމަށްލިބޭ ލައިސަންސެއްނޫން ކަމަށް ނަސީމް ވިދާޅުވިއެވެ.

“އިންޑިޔާއަށް ބަރޯސާ ނުވާށޭބުނެ ޗައިނާޔަށް ހެސްކިޔާފަ ބަރޯސާވުމަކީ މިނިވަންކަމެއް ގައުމިއްޔަތެއްވެސް ނޫނެވެ.” ނަސީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ވީއައިއޭގެ ކާގޯ ޓަރމިނަލް މިއަދު ހުޅުވާފައިވާއިރު އެރަސްމިއްޔާތުގައި ކުރީގެ ރައީސުންނަށް ޝުކުރު އަދާކޮށްފައިނުވާތީ އެކަމަށްވެސް ނަސީމް ފާޑު ވިދާޅުވިއެވެ.

“ކުރިން ހަދާފައި ހުންނަ ތަންތަން ފަހުން އަންނަ ވެރިން ހުޅުވާއިރު ކުރީގެ ވެރިންނަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އެމީހުން ބަދުނާމު ކުރުމަކީ ދެރަކަމެއް.” ނަސީމް ވިދާޅުވިއެވެ.

ނަސީމް ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެ ކުޑަވުމަކީ ރާއްޖެއަށް ބުލީ ކުރުމަށް އެއްވެސް ޤައުމަކަށް ލިބޭ ލައިސެންސެއް ނޫން ކަމަށެވެ.

އެގޮތުން އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި އިށީންނަން ވަކި ބައެއްގެ ހުއްދަ ހޯދަން ޖެހުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ބޭސްފަރުވާއަށާއި އަސާސީ ކާބޯތަކެއްޗަށް ވަކި ޤައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން