ރިޓަޔަރވެފައިވާ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ދާއިރާއިން ރިޓަޔަރވެފައިވާ ޚިދުމަތްތެރިން، ޚިދުމަތަށް އެނބުރި ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ކަނޑައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުޞޫލު" ގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ދަފުތަރުގައި ރަޖިސްޓަރީވުމުގެ ސުންގަޑި އަކީ 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 23:59 ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުޞޫލާއިގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެ މިނިސްޓްރީގެ ނަންބަރު، 3014407، އަދި ،3014408، ނުވަތަ 3014409 އާއި ގުޅައިގެން މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ހަފުތާ 14 ގެ ދަށުން އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު