ސްޓެލްކޯއިން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލޭ ބޭރު މަގުގައި ހުންނަ ސްޓެލްކޯ ފިއުލް ޕަމްޕް ސްޓޭޝަން، މާލޭގެ ފަޅު ހިއްކައިގެން އެތަނަށް ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ދަނީ ވަރަށް ގިނަ ކަންކަން ކުރަމުން ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ތަކުލީފަކަށްވެފައި ހުރި ކަންކަމުގެ ތެރެއިން، ސްޓެލްކޯއަށް ލިބިފައިވާ ބޮޑެތި ޝަކުވާތަކަށް އެޑްރެސްކުރަމުން ދާކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންތައްތައް ޙައްލުކުރުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފަހްމީ އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ނެގުމުގެ މަސައްކަތެވެ. އެމަސައްކަތް މިހާރުވަނީ ނިންމަވާފައެވެ.
ސްޓެލްކޯއިން މިހާރުވަނީ އެކުންފުނީގެ މައި އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށްވެސް ނިންމާފައެވެ. ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށީ މިދިޔަ މަހުގެ 18ގައެވެ.
މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހްމީ ގެންދަވަނީ ސްޓެލްކޯގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސްޓެލްކޯގެ ހިދުމަތްތައް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަހްމީ ގެންދަވަނީ ކުރަށްވަމުންނެވެ.

"ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ވަރަށް ގިނަ ކަންކަން ގެންދަނީ ކުރަމުން. ރައްޔިތުންނަށް ތަކުލީފަކަށްވެފައި ހުރި ކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް، ސްޓެލްކޯއަށް ލިބިފައިވާ ބޮޑެތި ޝަކުވާތަކަށް އެޑްރެސްކޮށް މި ނިމުނީ" - @u09HussainFahmy pic.twitter.com/KAkF4AqTuQ
— STELCO (@STELCOMALDIVES) January 18, 2024
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފަހްމީ އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ނެގުމުގެ މަސައްކަތެވެ. އެމަސައްކަތް މިހާރުވަނީ ނިންމަވާފައެވެ.
ސްޓެލްކޯއިން މިހާރުވަނީ އެކުންފުނީގެ މައި އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށްވެސް ނިންމާފައެވެ. ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށީ މިދިޔަ މަހުގެ 18ގައެވެ.
މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހްމީ ގެންދަވަނީ ސްޓެލްކޯގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސްޓެލްކޯގެ ހިދުމަތްތައް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަހްމީ ގެންދަވަނީ ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު