އިދިކޮޅު ޕާޓީތަކުން މަސައްކަތްކުރަނީ އަލުން ލޮކްޑައުނަކަށް ގެންގޮސް އިޤްތިޞާދު އިތުރަށް ހުއްޓުވަން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވަމުން ދިޔަނަމަވެސް އެކަމަށް ސަމާލުކަމެއް ދިނުމެއްނެތި އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މުޒާހަރާކޮށްފައެވެ. އަދި އެފަދަ ގިނަ މުޒާހަރާތަކެއް ކުރިއަށްއޮތްތަނުގައި ބާއްވާނެކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވީ، 3 ދުވަސްތެރޭ 200 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ކޯވިޑް-19 ކޮންޓްރޯލް ވުމަކީ އިދިކޮޅުން އެދޭގޮތް ނޫން ކަމަށެވެ. އަދި އިދިކޮޅުން މަސައްކަތް ކުރަނީ ބަލި ފަތުރައިގެން އިތުރު ލޮކްޑައުނަކަށް ދާން މަޖުބޫރުކޮށް އިޤްތިޞާދު އިތުރަށް ހުއްޓުވަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ އަނިޔާ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެޗްޕީއޭގެ އެންގުންތަކަށް ތަބާވޭ. ރައްޔިތުން ނުރައްކަލަށް ވައްޓާލަން ނޫޅުމަށް އާދޭސް ކުރަން"
ނިހާދު ވިދާޅުވީ ސަރުކާރުން ކޯވިޑް-19 ކޮންޓްރޯލް ކުރިގޮތް އިދިކޮޅު ފަރާތްތަކަށް "ހަޖަމް" ނުވި ކަމަށެވެ. އަދި އެކަމާގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަދެއްކުމަށްފަހު މިހާރު އުޅެނީ ބަލި އިތުރަށް ފަތުރާނެ މަގެއް ހޯއްދަވަން ކަމަށެވެ. މިއީ ހިތާމަހުރި ކަމެއް ކަމަށާއި، ރައްޔިތުން ނުރައްކަލަށް ވައްޓާލަން ނޫޅުމަށް އާދޭސް ކުރާ ކަމަށް ނިހާދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެރޭވަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށްފައެވެ. މަދު މީސްކޮޅަކާއެކު ކުރި މިމުޒާހަމާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޖަލަށް ލާފައިވާ އިދިކޮޅު ލީޑަރު ދޫކޮށްލުމަށް ގޮވާލާފައި ވެއެވެ.
މިއެއްވުންތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވިދާޅުވެފައިވަނީ، އިދިކޮޅުން އުޅެނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަތަކުގައި އިންސާފުއަރާ ހަމަކުރާނެ ކަން އެނގޭތީ އެކަމާ ބިރުންކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން "ވަގުން" ހިފާ ހައްޔަރުކުރާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކޮށްފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމާއި، އެފަދަ ހަރަކާތްތައް މަނާކޮށްފަ އެވެ. އަދި ފުލުހުންވެސް ވަނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ބޯލެނބުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު