ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ރައީސް ޔާމީނަކީ ސިޔާސީ ލީޑަރުންގެ ލީޑަރެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ މޯލްޑިވްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިނުވުމަށް ކަރެކްޝަނުން އަންގާފައިވަނިކޮށެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާއަށް އިޝާރާތް ކުރަށްވާ މަލީޙް ވިދާޅުވީ އެޖަލްސާއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ޖަގަހަ ޖަލްސާގެ ސްޓައިލް ބަދަލުކޮށްލި ތާރީޚީ ޖަލްސާއެއް ކަމަށެވެ. އެގޮތުން ރޭ ޕީއެންއެފުން ބާއްވާފައިވަނީ ޓައުންހޯލް ސްޓައިލްގެ ޖަލްސާއެއް ކަމަށް މަލީޙް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީނަކީ ސިޔާސީ ލީޑަރުންގެ ލީޑަރެއް ކަމަށް މަލީޙް ވިދާޅުވިއެވެ.

“ހާޒިރީންގެ ސުވާލަށް ވާހަކަ ދެއްކުންތެރިޔާ ވަގުތުން ޖަވާބު ދެއްވާ. ޝުކުރިއްޔާ ރައީސް ޔާމީން. ރައީސް ޔާމީން އަކީ ސިޔާސީ ލީޑަރުންގެ ލީޑަރު.”



ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތަށް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން