ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ މެންބަރުންގެ ޢަދަދު އަށާވީސް ހާހަށް އަރާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން ޕީއެންސީގެ މެންބަރުންގެ ޢަދަދު މިހާރުވަނީ 28201 އަށް އަރާފައެވެ. މިއީ 31 ޑިސެންބަރ 2023ގެ ނިޔަލަށް އެޕާޓީގައި މެންބަރުން ތިބި ޢަދަދެވެ.

އެހެންކަމުން ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ. އަދި އެޕާޓީގެ ކޯލިޝަންގައި އޮތް ޕީޕީއެމް އާއެކު ސަރުކާރު ކޯލިޝަންގެ ދެ ޕާޓީގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ 64424 މެންބަރުންނެވެ. ޕީޕީއެމްގައި 31 ޑިސެމްބަރުގެ ނިޔަލަށް 36223 މެމްބަރުން އެބަތިއްބެވެ.

ރާއްޖޭގައި އަދިވެސް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެމްޑީޕީގެ މެންބަރުންގެ ޢަދަދަކީ 52142 އެވެ.

ދާދިފަހުން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމް ވިދާޅުވެފައިވަނީ އެޕާޓީގެ މެންބަރުންގެ ޢަދަދު ސާޅީސްހާހަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

ޕީއެންސީގެ މެންބަރުންގެ ޢަދަދު ތިރީސްހާސް ހުރަސްކުރުމަށް ދަތުރުކުރަމުންދާއިރު އެޕާޓީގެ ބާނީ ކުރީގެ ރައީސް ޔާމީން ވަނީ ސަރުކާރު ކޯލިޝަންގެ ޕީޕީއެމުން ވަކިވެ ވަޑައިގެން ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން