މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވުނު އަހުމަދު ރިޝްވާން ޕީއެންސީއަށް މިއަދު ސޮއިކުރަށްވައިފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ ބައި-އިލެކްޝަން ރިޝްވާން ކާމިޔާބު ކުރެއްވީ 320 ވޯޓާއެކު އެވެ. ރިޝްވާން ކައުންސިލަރު ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރިޝްވާން ޕީއެންސީއަށް ސޮއިކުރެއްވި ފޯމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރެއްވީ މިއަދު އެވެ.



ނިމިދިޔަ މާލެ ސިޓީގެ ބައި އިލެކްޝަނުގައި ޕީއެންސީން ދެ ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. އަދި އެމްޑީޕީން ކާމިޔާބު ކުރީ މާލޭގެ މޭޔަރުކަމުގެ ގޮނޑިއާއި، މެދުހެންވޭރު ދާއިރާ އެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރަކު ތިއްބަވާއިރު، އޭގެތެރޭގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 13 މެމްބަރަކު އެބަތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން