ސަރުކާރު ޒިންމާދާރު ކުރެވޭނީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިގޮތަށް ވިދާޅުވިއިރު ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ މި ސަރުކާރުން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވެފަ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި އަމްރު މިއަދު ވިދާޅުވީ، ހަޤީޤީ މާނައިގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވޭނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަަަސައްކަތް ކޮށްގެން ކަމަށެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ކުރާ މެންބަރުން އުފެއްދެވި ޕާޓީއެކެވެ. ފަހަކަށްއައިސް އެޕާޓީން ދަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑު ކިޔަމުންނެވެ.



ސަރުކާރު ޒިންމާދާރު ކުރެވޭނީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ކަމަށް އަމްރު ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާގެ ދާއިރާއަށް ނުކުންނެވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ގަލޮޅު އުތުރަކީ ގޭދޮށު ދާއިރާއަށް ވުމުން އެ ދާއިރާއަށް ނިކުންނަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެސްޓްސްއާ މަޝްވަރާ ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

ޑިމޮކްރެޓުން ވަނީ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ. އަދި އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ 3 ފެބްރުއަރީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން