އާމްދަނީ އިތުރުނުވާނަމަ ތަރައްޤީއަކީ ބުރައެއްކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިމޭރުމުން ވިދާޅުވެފައިވާއިރު އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ބޭސްފަރުވާއަށާއި އަސާސީ ކާބޯތަކެއްޗަށް ވަކި ޤައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިންނާއި ރައްޔިތުންގެ ވިސްނުން މިހާރު ހުރީ ޤައުމަށް އެންމެ ފައިދާ ކުރާނެ ގޮތަށް ނޫންކަން ފާހަގަ ކުރަށްވަމުން ނަސީމް ވިދާޅުވީ ގައުމު ދަރައި ވިކުނަސް ރައްޔިތުމީހާ ބޭނުންވަނީ ހިލޭ ފުލެޓާ އާސަންދަ ކަމަށެވެ. ހަމައެއާއެކު ސިޔާސީ ވެރިން ބޭނުންވަނީ ވެރިކަމުގައި ދެމިތިބުމަށްޓަކައި އެއާއެމްބިއުލެންސާ އަންޑާވޯޓާ ޓަނަލް ކަމަށް ނަސީމް ވިދާޅުވިއެވެ.

އޭގެއިތުރުން ނަސީމް މިއަދު ވިދާޅުވީ ބައެއް ގައުމުތައް ދަރަނީ ގައުމާ ނުބައްދަލު ލޯނުން ކުރާ ތަރައްގީން ކަމަށެވެ. އެގޮތުން ބައެއްފަހަރު ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިނގަނީ ޖީބަށް ވަންނަބައި ބޮޑު ކުރަން ކަމަށާއި ބައެއް އިންތިޚާބުތައް ކާމިޔާބު ކުރަނީ ތަރައްގީގެ ހުވަފެން ދައްކައިގެން ކަމަށް ނަސީމް ވިދާޅުވިއެވެ.

“އާމްދަނީ އިތުރު ނުވާނަމަ ތަރައްގީ އަކީ ބުރައެކެވެ.” ނަސީމް ވިދާޅުވިއެވެ.



ނަސީމް މިއަދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންގެ ވިސްނުމަކީ ޤައުމުގެ ވެރިން ރުއްސައިގެން އެމީހުންގެ މުއްސަނދިކަން އިތުރުކުރުން ކަމަށެވެ. އެގޮތުން ދަޢުލަތުން ރަށްތަކާއި ފަރުތައް ހޯދައިގެން އެތަންތަނަށް ދައްކަންޖެހޭ ޓެެކްސް ނުދައްކައި މުއްސަނދިކަން އިތުރުކުރުމަކީ ވިޔަފާރިވެރިންގެ ވިސްނުންކަމަށް ނަސީމް ވިދާޅުވިއެވެ.

އާމްދަނީ އިތުރުނުވާނަމަ ތަރައްޤީއަކީ ބުރައެއްކަމަށް ނަސީމް ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވީ، ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އަންޑާ ވޯޓާ ޓާނަލް މާލެ އިން ރަސްމާލެއަށް ގުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ރަސްމާލެ އަންޑާ ވޯޓާ ޓަނަލުން ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން