އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
މާލޭގެ ރަށްވެހިން ތަމްސީލުކޮށްދެވޭނީ މުޅިމާލޭ ރަށްވެހިން ވޯޓުދީގެން ހޮވާ މެންބަރުންނަށް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓުންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި އަމްރު މިއަދު ވިދާޅުވީ، މާލޭގެ އިންތިޚާބީ ދާއިރާތައް ބަހާފައިވާ ޗާޓަށް އެކަނި ބެލުމުންވެސް މާލޭގެ މައްސަލަތަކަށް ހައްލެއްނުލިބި އިތުރަށް ގޯސްވަމުންދާ ސަބަބު ދެނެގަނެވޭ ކަމަށެވެ.

އެގޮތުން މާލޭގެ އިންތިޚާބީ ދާއިރާތައް މިހާރު ބަހާފައިވާ ގޮތުން ކޮންމެ ދާއިރާއެއްގައި ވޯޓުލާން ތިބީ 2500 އެއްހާ މީހުން ކަމަށާއި އެހެންކަމުން މެންބަރަކު މަޖިލީހަށް ހޮވެން ބޭނުންވަނީ 700 އެއްހާ ވޯޓު ކަމަށް އަމްރު ވިދާޅުވިއެވެ.

އޭގެ އިތުރުން އަމްރު ވިދާޅުވީ މުޅި ރާއްޖެއަށް ވެސް ދިމާވެގެން އުޅެނީ އެ މައްސަލަ ކަމަށާއި ރައްޔިތުންގެ ކަންކަން ހައްލު ވާނީ ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުން ތަމްސީލުވެގެން ކަމަށެވެ.



“މާލޭގެ ރައްވެހިން ތަމްސީލުކޮށްދެވޭނީ މުޅި މާލޭ ރައްވެހިން ވޯޓު ދީގެން ހޮވާ މެންބަރުންނަށް.” އަމްރު ވިދާޅުވެފައިވެއެވެ.



އަމްރު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާގެ ދާއިރާއަށް ނުކުންނެވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ގަލޮޅު އުތުރަކީ ގޭދޮށު ދާއިރާއަށް ވުމުން އެ ދާއިރާއަށް ނިކުންނަވަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެސްޓްސްއާ މަޝްވަރާ ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

ޑިމޮކްރެޓުން ވަނީ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ. އަދި އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ 3 ފެބްރުއަރީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން