ދައުލަތުގެ ހަރުމުދާ ވިއްކުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިމޭރުމުން ވިދާޅުވެފައިވަނީ މި ސަރުކާރުން ކުރާ ޚަރަދުތައް ފޫބައްދަން އެއާއި އެއްވަރަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އާމްދަނީ އިތުރުކުރުމުގެ ބަދަލުގައި މުޅިންވެސް ކުރަނީ ޚަރަދުކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ސަޢީދު މިއަދު ވިދާޅުވީ ދައުލަތާއިި މީގެ ކުރީން ހަވާލުވި ވެރީން އެބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ 2މަސް ދުވަހު، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް އީޖާދީ މަސައްކަތެއް ކުރަށްވާފައިވާ ނުވާ ކަމަށެވެ.

އަދި މިސަރުކާރުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ޤާނޫނު ތަޅުއަޅުވާފައި ފައިސާޗާޕުކުރުމާއި މާލީޒިއްމާއިން ރެކުމަކީ ކުރާނެކަމެއް ނޫން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.



ސަޢީދު މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ޑރ. މުޢިއްޒު މިހާރުވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން