ޗައިނާ ދަތުރުގައި ހަމަޖެހިގެންދިޔަ ހިލޭ އެހީ ޚަރަދު ކުރާނީ މާލޭގެ މަގުހެދުމާއި ވިލިމާލޭ 100 އެނދުގެ ހޮސްޕިޓަލަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރެއްވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓްގައެވެ.

ޗައިނާގެ ހިލޭ އެހީ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތް ހާމަކުރަށްވައި މާލޭ މޭޔަރު ހުވާކުރުމަށް ބޭއްވެވި ޙަފްލާގައި ރައީސް މުޢިއްޒު ވިދާޅުވީ، އެ އެހީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާނީ މާލޭގެ މަގުތައް ހެދުމަށް ކަމަށެވެ. އަދި ދެން އެންމެ ބޮޑު ބައެއް ހޭދަކުރާނީ ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އެހެނިހެން ކަންކަމަށްވެސް އޭގެތެރެއިން ޚަރަދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އެންމެފަހުން އަޅުގަނޑުމެން ޗައިނާއަށް ކުރި ދަތުރުގައި ހަމަޖެހިގެންދިޔަ ގްރާންޓް އެއިޑްގެ ތެރެއިން އެންމެ އިސްކަންދޭނީ މާލޭގެ މަގުހެދުމާއި ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށް." ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ބޮޑު ބައެއް މާލޭ ސަރަޙައްދަށް ޚަރަދު ކުރަށްވަން ނިންމެވީ މާލޭ ސަރަޙައްދުގައި ގިނަ ބަޔަކު ދިރިއުޅެމުންދާތީ ކަމަށެވެ. އަދި މާލޭ ސަރަޙައްދަށް ކުރާ ހޭދައިގެ އަސަރު އާބާދީގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން