ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި މީސް މީޑިއާގައި ވާހަކަދެއްކި ޒުވާނާ ޙަސަން ޝަރީފަށް އެކަމަށްޓަކައި އެކުލަވާލި ޓާސްކްފޯހުން ޖާގަދޭން އުޅެނީ ހިލޭ ސާބަހަށް މަސައްކަތްކުރާގޮތަށް ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހަސަނަށް ސަރުކާރުގެ މަސައްކަތެއް ކުރަމުންދާ ޓާސްކްފޯހުގެ މަގާމެއް، ހޯމްލޭންޑް މިނިސްޓަރ ޢަލީ އިހުސާން ދެއްވަން އުޅުއްވަނީ އެކަމަށްޓަކަައި ޤާނޫނު ލާޒިމްކުރާ އެއްވެސް ރަސްމީ އިއުލާނަކާއި ނުލާ ކަމަށްވުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން ހޯމް ލޭންޑް މިނިސްޓްރީން ބުނީ ހަސަނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައިގައި ވަރަށް ދިރާސާކުރާ އެކަމުގެ މަޢުލޫމާތު މުއްސަނދި ޒުވާނެއް ކަމަށެވެ. އަދި އޭނާ މިނިސްޓްރީގެ ޓާސްކް ފޯހާއި ގުޅެނީ އެއްވެސް އުޖޫރައެއް ލިބޭ ގޮތަށް ނޫން ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މިނިސްޓަރ އިހުސާން ވަނީ ހަސަން ޝަރީފްގެ ޓިކް ޓޮކް ވީޑިއޯ ފެނިވަޑައިގެން އޭނާއާއި ބައްދަލުކުރައްވާފައެވެ. ޙަސަންގެ އެވީޑިއޯގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިދޭސީންގެ މައްސަލަކަން ފާހަގަކޮށް އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަ ދައްކާފައިވެއެވެ. އޭނާ އެ ވީޑިއޯ މީސް މީޑިއާއަށް ދޫކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ބިދޭސީންގެ ކޮންޓްރޯލްގެ ދަށުގައި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ހަސަންގެ ވީޑިއޯގައި ފާހަގަކޮށްފައި ވެއެވެ.
އެއާއެކު، ޤައުމުގެ ވިޔަފާރިތަކުގެ 99 އިންސައްތަ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތް ދަށުގައި ކަންވެސް ހަސަންގެ ވާހަކައިގައި ފާހަގަކޮށްފައި ވެއެވެ.
ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ވީޑިއޯއަށް އިޝާރާތްކުރައްވާ މިނިސްޓަރ އިހުސާން ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަަކެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
"ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ކަންކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އަޅުގަނޑު މުޚާޠަބު ކުރަމުން ގެންދާ ކަންބޮޑުވުންތައް." އިހުސާން ވިދާޅުވިއެވެ.

@shareef1988 nu gavaidhun ulhey bidheysee meehun over control #awareness #maldivesawareness #trendingvideo #mystyle #support #dhivehi #maldivestiktok #maldives #pnc #ppm #postivevibes ♬ original sound - Shareef1988
މިނިސްޓަރ އިހުސާން ވަނީ ހަސަން ޝަރީފްގެ ޓިކް ޓޮކް ވީޑިއޯ ފެނިވަޑައިގެން އޭނާއާއި ބައްދަލުކުރައްވާފައެވެ. ޙަސަންގެ އެވީޑިއޯގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިދޭސީންގެ މައްސަލަކަން ފާހަގަކޮށް އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަ ދައްކާފައިވެއެވެ. އޭނާ އެ ވީޑިއޯ މީސް މީޑިއާއަށް ދޫކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ބިދޭސީންގެ ކޮންޓްރޯލްގެ ދަށުގައި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ހަސަންގެ ވީޑިއޯގައި ފާހަގަކޮށްފައި ވެއެވެ.
I have met Hassan Shareef today. The concerns he raised on Social media regarding illegal expatriate activities were the same concerns I am addressing under President @MMuizzu’s guidance. I am going to invite Hassan to work with our task force to address this issue. pic.twitter.com/Mqdl6tYQFN
— Minister of Homeland Security & Technology (@min_mohst) January 25, 2024
އެއާއެކު، ޤައުމުގެ ވިޔަފާރިތަކުގެ 99 އިންސައްތަ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތް ދަށުގައި ކަންވެސް ހަސަންގެ ވާހަކައިގައި ފާހަގަކޮށްފައި ވެއެވެ.
ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ވީޑިއޯއަށް އިޝާރާތްކުރައްވާ މިނިސްޓަރ އިހުސާން ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަަކެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
"ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ކަންކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އަޅުގަނޑު މުޚާޠަބު ކުރަމުން ގެންދާ ކަންބޮޑުވުންތައް." އިހުސާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު