އިލެކްޝަން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ:އިލެކްޝަން
އިލެކްޝަން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ:އިލެކްޝަން
ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ޤާނޫނުތަކާއި އެއްގޮތަށް އިންސާނީ ކަރާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކަމުގައި އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގަންޖެހޭނީ ޤާނޫނު ތަކާއި، ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ޚިލާފްނުވާނޭގޮތަށް ކަމުގައެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި އެއްވެސް ބަޔަކު މަގުތަކަށްއެއްވެ ބަލީގެ ނުރައްކާ އިތުރުވެދާނެގޮތަކަށް އަމަލުތައް ނުބެހެއްޓެވުމަށް އެޗްޕީއޭއިންވެސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެެވެ.

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ މިދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތް، އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ އިންސާނީ ކަރާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށެވެ.

"ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲގެ އިރާދަފުޅާއިއެކު މި ހާލަތު ރަނގަޅު ކުރުމަށް އެނެމެން އެކުގައި ތެދުވާންޖެހޭ، ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަންވީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަބައި އިންސާނީ ކަރާމާތާއި ސަލާމަތަށް އިސްކަންދީގެން." އަކްރަމް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި އިދިކޮޅުން މުޒާހަރާ ކުރަން ފަށާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު އެއްވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފި އެވެ.

އެ މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ލިޔުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާ ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން