އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
މަޖިލިސް މެންބަރުންނަށް އެމީހަކު އިންތިޚާބުވާ ދާއިރާގެ ކަމެއް ނުކުރެވޭނެ ކަމަށާއި އެމީހުން ނިންމަނީ ޤައުމީ ނިންމުންތަކެއް ކަމަށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިބްރާ މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، "ދާއިރާއަށް ހެޔޮ ބަދަލެއް" ނުވަތަ "ދާއިރާގެ ކަންތައްތައް ކުރިއަރުވަން" މެންބަރަކު ހޮވާ ވާހަކަ ދައްކަނީ މަޖިލިހުގެ މަސައްކަތް ނޭނގޭމީހުން ކަމަށެވެ.

“މަޖިލިސް މެންބަރުންނަކަށް ދާއިރާގެ ކަމެއް ނުކުރެވޭނެ. އެހަދަނީ ދޮގު. މެންބަރުންނަކީ ޤައުމީ ނިންމުންތައް ނިންމާބައެއް.” އިބްރާ ވިދާޅުވިއެވެ.



އިބްރާ މީގެކުރިން ވިދާޅުވީ ދާއިރާ ތަރައްޤީ ކުރަން ކެމްޕޭނުކޮށް ވޯޓުހޯދައިގެން މަޖިލީހަށް ހޮވޭ މެންބަރުންނަށް ވަޒީރަކު ނުކުމެ ރައްޔިތަކު ރޮލާ ކާލިއަސް ޗުއްޕުވެސް ނުބުނެ މަޑުންއިނުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.

އަދި އެފަދަ ބޭފުޅުން އެ ދައްކަވަނީ ސަރުކާރުން ރާއްޖޭގެ ރަށްތަކާ، ފަޅުތަކާ ކަނޑުތައް ވިއްކާލާއިރު، އެއިން ބައެއް ނަގައިގެން ހިމޭނުން އިންނާނެ ވާހަކަ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ދާދިފަހުން އިބްރާ ވިދާޅުވެފައިވަނީ، ހެޔޮގޮތުގައި ދައުލަތެއް ހިންގައި، ޤައުމަށް ހިމޭންކަން ގެނެވޭނީ ދައުލަތުގެ ތިން ބާރުގެ މަޤާމްތަކުގައި ތިބޭ މީހުނަކީ ރައްޔިތުންގެ އިތުބާރާއި، އިޙްތިރާމް ލިބިފައިވާ، ރައްޔިތުންނަށް ރަނގަޅަށް އެނގޭ، ސިޔާސީ ބުރަދަންހުރި މީހުނަށް ވެގެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ މާރިޗް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން