ޕީއެންސީގެ ލީޑަރޝިޕް
ޕީއެންސީގެ ލީޑަރޝިޕް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 10:00 ގައެވެ. އިންތިޚާބުގެ ވޯޓުލުން ހަވީރު 17:00 އަށް ކުރިއަށްދާނެކަމަށް ޕީޕީއެމް ކޯލިޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ޕީޕީއެމްގެ މަޖިލީސް ޕްރައިމަރީ 73 ދާއިރާއެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ވަނީ ބަހައްޓައިފައެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 71،597 މީހުންނަށެވެ.



މި އިންތިޚާބުގައި މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ) އަދި ރެހެންދި ސްކޫލް (ހުޅުމާލެ) ގައެވެ. އަދި އަތޮޅުތަކަށް ޚާއްސަ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ.

މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރަށްވާ ކަމަށް ޕީޕީއެމް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން