ވ. ރަކީދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރަކީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

މި އިންތިޚާބުގައި ކައުންސިލް ގޮނޑިއަށް ވާދަކުރަށްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ސާމީއާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަބްދުއްރައްޒާޤް އާދަމެވެ.

ރަކީދޫ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 281 މީހުނަށެވެ. އިންތިޚާބުގައި ވޯޓުލުމަށް ދެފޮށި ވަނީ ބަހައްޓާފައެވެ. އެއީ ރަކީދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓާއި މާލޭގެ ދަރުބާރުގޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެވެ.

އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އީސީން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން