ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ނަފްސާނީ ބަލިމީހުންނަށް ޖޯކުނުޖަހައި އެމީހުންނަށް ފަރުވާދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ގޮވާލައްވައިފިއެވެ.

މެންބަރު ޝިފާއު މިމޭރުމުން ގޮވާލައްވާފައި މިވަނީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މެންބަރު ޝިފާއު ވިދާޅުވީ ނަފުސާނީ ބަލިމަޑުކަމަކީ ސަމާސާއެއްނޫން ކަމަށާއި އެކަން އިހުސާސް ކުރެވޭނީ ތިމާ އެބަލި ތަހައްމަލުކުރަން ޖެހުމުން ކަމަށެވެ.

“ނަފުސާނީ ބަލިމީހުނަށް މުޖުތަމައުގެ އެންމެންގެ އެހީތެރިކަން ބޭނުންވާނެ. ބުއްދިވެރީ ބަލިމީހުނަށް ވަޒީރުން ޖޯކުނުޖަހާ އެފަރާތްތަކަށް ފަރުވާދެވޭނެ މަގު ތަނަވަސްކުރުން.” މެންބަރު ޝިފާއު ވިދާޅުވެފައިވެއެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކެއްގައި ކުރެވޭ ކަމެއް ކަމަށެވެ.

އެހެންކަމުން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން އެކަން ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޅެމަކީ އޭގެން ސިއްހީ ފަރުވާ ދެވޭ ވަސީލަތެއް ކަމަށާއި އަދި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ފިކުރުތަކާއި ދުރުކުރެވިދާނެކަން ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން