ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން އިންސާފުވެރިކޮށް ކުރިޔަށް ގެންދިއުމަށް ޕްރައިމަރީގައި ވާދަކުރަށްވާ ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދުންޔާ މިމޭރުމުން ގޮވާލައްވާފައިވާއިރު ޕީޕީއެމް މަޖިލީސް ޕްރައިމަރީގެ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް އުޅޭތީ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި މެދު ހެންވޭރު އަދި ހެންވޭރު ދެކުނު ފޮށި ކައިރި ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. އަދި ރެހެންދި ސްކޫލުގައި ބަހައްޓާފައި ހުރި ހުޅުމާލޭ ދެކުނު ދާއިރާގެ ފޮށި ކައިރީގައި ވެސް ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ.

އެކަމާ ގުޅިގެން ދުންޔާ މިއަދު ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާގެ ވޯޓު ފޮށީގައި އެހެން ދާއިރާއެއްގެ މީހުން ލާފައިވާ ވޯޓުތަކެއް ހުރިކަމުގެ ހިތްހަމަނުޖެހުންތަކެއް ހުރިކަމަށެވެ. އެހެންކަމުން އެހެން ކެންޑިޑޭޓުންނާ މަޝްވަރާ ކުރަމުންދާކަމަށް ދުންޔާ ވިދާޅުވިއެވެ.

“އަޅުގަނޑަށް ފެންނަ ގޮތުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަޅުގަނޑުމެންގެ ޕާޓީން އެބަޖެހޭ ވަރަށް އިންސާފުވެރިކޮށް މި ޕްރައިމަރީތައް ކުރިއަށް ގެންދަން.” ދުންޔާ ވިދާޅުވިއެވެ.



ދުންޔާ ވަނީ ޕްރައިމަރީ އިންސާފުވެރިކޮށް ކުރިއަށް ގެންދާނެކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދު ކުރިއަށްދާ ޕީޕީއެމް ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ދަނީ ވާދަކުރަމުންނެވެ. މިޕްރައިމަރީގައި ޖުމުލަ 227 ވޯޓު ފޮށި ބަހައްޓާފައިވާއިރު ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު 71،597 މީހަކަށް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން