މިނިސްޓަރ މަޙްލޫފް (ކ) ރައީސް ޞާލިޙްގެ އަރިހުގައި
މިނިސްޓަރ މަޙްލޫފް (ކ) ރައީސް ޞާލިޙްގެ އަރިހުގައި
މިސަރުކާރުން ކުޅިވަރުގެ ދާއިރާއިން ކުރިއަށްއޮތް ދެއަހަރު ހުޅުވާނީ ރައީސް ޞާލިޙްގެ ސަރުކާރުގެ މަޝްރޫޢުތައް ކަމަށް ރައީސް ޞާލިޙްގެ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް މިމޭރުމުން ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސްޕޯޓްސް މިނިސްޓްރީން 600 މިލިއަން ރުފިޔާގެ 232 ޕްރޮޖެކްޓު ކުރިއަށް ގެންދާ ކަމަށް ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވުމާ ގުޅިގެންނެވެ.

މި ސަރުކާރުން ބޭއްވި “އަހާ ފޯރަމް”ގައި މިނިސްޓަރ ރާފިއު ވިދާޅުވީ ކުރީ ސަރުކާރުން ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދިޔަ މަޝްރޫޢުތައް ފައިސާއިން ޢަދަދު ކުރާނަމަ މި ސަރުކާރުގެ 2 އަހަރުގެ ބަޖެޓަށްވުރެވެސް އިތުރު ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިނިސްޓަރ ރާފިއުގެ އެވާހަކަފުޅަކީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމި ހުޅުވިގެންދާނެ ގިނަ ޕްރޮޖެކްޓުތަކަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ މަސައްކަތަށް ވާނެކަމުގެ އިޢުތިރާފެއް ކަމަށެވެ.

“ޝައްކެއްވެސް ނެތް، އެވިދާޅުވެ ދެއްވީ އަޅުގަނޑުމެން ރައީސް ޞާލިޙްގެ ވެރިކަމުގައި ކުޅިވަރަށް ގެނެސްދިން އިންގިލާބީ ބަދަލުގެ އަދި ގެންނަމުންދިޔަ ބަދަލުގެ ކުޑަ މިންވަރެއް.” މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

"އަހާ" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި ވަޒީރު ރާފިއު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުޅިވަރު ވުޒާރާއާ 232 މަޝްރޫއެއް ހަވާލުކޮށްފައި އޮތްކަމަށެވެ.

އެއާއެކު ގިނަ މަޝްރޫޢުތަކެއް އެ ވުޒާރާއާ ހަވާލުކޮށްފައި އޮތްއިރު، ވުޒާރާގެ ދަރަނި 160 މިލިއަން ރުފިޔާއަށް އަރާފައި އޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އޭގެތެރެއިން 125 މިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާ ހަލާސްކޮށްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން