ޕީއެންސީގެ ލީޑަރޝިޕް
ޕީއެންސީގެ ލީޑަރޝިޕް
14 މެންބަރުންނާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ އަށް ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ޕީއެންސީއަށް މިދިޔަ ޑިސެމްބަރުމަހު ސޮއިކުރި ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންނާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ ވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ޕީއެންސީގައި 14 މެންބަރުން ތިއްބަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ 13 މެންބަރުން ޕީއެންސީއަށް ބަދަލުވިކަން މިހާރު މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އަދި، އެމެންބަރުންގެ ޕާޓީ ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުންވެސް އަންގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކަމަށް އަސްލަމް އިޢުލާނުކުރެއްވިއެވެ. މިހާރު ޕީޕީއެމް/ޕީއެންސީގެ 16 މެންބަރުން މަޖިލީހުގައި އެބަތިއްބެވިއެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރެއްވީ މިދިޔަ މަހުގެ 28 ގައެވެ. މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް 13 މެންބަރުންނާއެކު އޮތީ ޑިމޮކްރެޓްސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން