މިސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދައްކާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަން މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.
ރުހުން ދިނުމުގެ މައްސަލާގައި މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އެމްޑީޕީއާއި، ޑިމޮކްރެޓްސްގެ މެންބަރުންވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
އެކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަށްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމުގެ އިޝާރާތެއް އިދިކޮޅު ޕާޓީތަކުން ދީފައިވާއިރު ރައީސުލްޖުމްހޫރިޔްޔާގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައެވެ.

ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން. މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން.
— Hussain Mohamed Latheef (@HucenSembe) January 28, 2024
ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމުގެ އިޝާރާތެއް އިދިކޮޅު ޕާޓީތަކުން ދީފައިވާއިރު ރައީސުލްޖުމްހޫރިޔްޔާގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު