އެމްޑީޕީގެ ޕީޖީ ގްރޫޕް
އެމްޑީޕީގެ ޕީޖީ ގްރޫޕް
މިސަރުކާރުގެ 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައިވާ ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިގޮތަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:00 ގައި ވޯޓަށް އަހަން މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓުންވެސް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން