އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ބޮޑެތި ގަސް ގަހުގައި ބޮޑަށް ވައި އަޅާނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިދިކޮޅު ޕާޓީތަކަށް ރައްދު ދެއްވައިފިއެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ޑރ. ޝަހީމަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓުން މިއަދު ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، ބޮޑެތި ގަސް ގަހުގައި ބޮޑަށް ވައި އަޅާނެ ކަމަށާއި، ދިވެހި ރުކަކީ އޭގެ މޫތައް ބިމުގެ ވަރަށް ފުނަށް ވާޞިލްވެފައި ހުންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން ގަދަ ކޮޅި ގަނޑުގައި އަންނަ ގަދަ ވައިގެ ތެރޭގައި އެ ރުށް ވަރުގަދަ ކަމާއި ސާބިތުކަމާ އެކު ދެމި ހުންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މުންނާރުތައް ވައްޓައި ނުލެވޭނެ. އިސްލާމީ ކިއްލާތައް ފޫއަޅުވައެއް ނުލެވޭނެ. އިންޝާ ﷲ." ޑރ. ޝަހީމް ވިދާޅުވިއެވެ.



އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައިވާ ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓުންވެސް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

އިދިކޮޅު ޕާޓީތަކުން މިގޮތަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހަން މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން