ޕީއެންސީގެ މަޖިލީސް މެންބަރުން މަޖިލީހުގެ ތަޅުން ހިސޯރުކޮށް ތަޅުމަށް ވަދެވެންހުރި ދޮރުތައް އެތެރެއިން ތަޅުލައިފިއެވެ.

ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މަޖިލީސް މެންބަރުން މިގޮތަށް ޢަމަލު ކޮށްފައިވަނީ، ޑރ. މުޢިއްޒުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓުން މިއަދު ނިންމުމާ ގުޅިގެންނެވެ.

ކޮންގްރެސްގެ މެންބަރުން މަޖިލީހުގެ ތަޅުން ހިސޯރުކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އެހުމުގެ މަސައްކަތް މަޖިލީހުގައި ފެށޭގޮތް ވަނީ ނުވެފައެވެ.

ޕީއެންސީގެ މެންބަރުން މަޖިލީހުގެ ތަޅުން ހިސޯރުކޮށްފައިވާއިރު، މަޖިލީހުގެ ބޭރުގައިވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައިވާ ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓުންވެސް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޒިޔާ

19-Feb-2024

ތަޅުދަޑި ސިފައިންނާ ހަވާލުކޮފަނިދަންދިއާމަ ރަގަޅުވާނެ



ޓްރެންޑިން