ބިލަބޮންގް ހައި ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާގޮތަށް ބަހައްޓާފައިވާ ފޮއްޓަކީ ސްޓެލްކޯއާއި ގުޅުންހުރި ފޮށްޓެއް ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ރޭ ވިދާޅުވީ މަގާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރި މަސައްކަތުން އާއްމުންނަށް ދަތިވާގޮތަށް މަގުމަތީގައި ހުރި ސްޓެލްކޯއާ ގުޅުންހުރި ތަކެތި ނަގައި އެކަންކަމަށް ހައްލު ހޯދިފައިވާ ކަމަށެވެ.

“އެގޮތުން މާވެޔޮ މަގުގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރު އެތަނުން ނެގުމާއި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތުގެ އިތުރުން، ބޮޑު ތަކުރުފާނު މަގުގައި ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން.” ފަހުމީ ވިދާޅުވެފައިވެއެވެ.

ފަހުމީ ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ސްޓެލްކޯއަކީ ރައްޔިތުންނާ އެންމެ ގާތުން، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ އަދި ރައްޔިތުންގެ ލޯބި ލިބިފައިވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ.

ބިލަބޮންގް ސްކޫލް ކައިރީގައި ޕޭވްމަންޓަށް ވާގޮތަށް ބަހައްޓާފައިވަނީ ސްޓެލްކޯ އާގުޅުން ހުރި ފޮއްޓެއް ނޫން ކަމަށް ފަހުމީ ވިދާޅުވެފައިވާއިރު މި ފޮށީގެ ވެރިފަރާތެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.

މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ގެންދަވަނީ ސްޓެލްކޯގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސްޓެލްކޯގެ ހިދުމަތްތައް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަހުމީ ގެންދަވަނީ ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން