ބަންޑާރަ ނާއިބު އުޝާމަށް ރުހުން ނެތްކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެކި ފަހަރުމަތިން ވޯޓު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުން އެކަމަށް ހުރަސް އެޅުމުން ވޯޓަށް އެހިފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އުޝާމަށް ރުހުންދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.

އުޝާމަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން އިއްޔެ 3 ލައިން ވިޕެއްވެސް ނެރެފައިވެއެވެ.

އެކަމާ ގުޅިގެން އުޝާމް ވިދާޅުވެފައިވަނީ އެއީ ޒާތީ ނިންމުމެއް ކަމަށާއި އިދިކޮޅު ޕާޓީތަކުގެ އެ ނިންމެވުމުގެ ސަބަބުން ސަރުކާރު ބަލިކަށިކޮށް ނުލެވޭނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ވަނީ ރުހުން ދީފައެވެ.

މަޖިލީހުން ރުހުން ލިބިފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމާއި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރާއި ބަންޑާރަނާއިބު އަޙްމަދު އުޝާމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން