އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެކި ފަހަރުމަތިން ވޯޓު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުން އެކަމަށް ހުރަސް އެޅުމުން ވޯޓަށް އެހިފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރުން ތިއްބެވިއެވެ.

ޑރ. ޝަހީމަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން އިއްޔެ 3 ލައިން ވިޕެއްވެސް ނެރެފައިވެއެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވެފައިވަނީ ބޮޑެތި ގަސް ގަހުގައި ބޮޑަށް ވައި އަޅާނެ ކަމަށެވެ. އަދި މުންނާރުތައް ވައްޓައި ނުލެވޭނެ ކަމަށާއި އިސްލާމީ ކިއްލާތައް ފޫއަޅުވާ ނުލެވޭނެ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުން މިއަދު ރުހުން ލިބިފައިނުވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމާއި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރާއި ބަންޑާރަނާއިބު އަޙްމަދު އުޝާމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ވަނީ ރުހުން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން